ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ލައިބްރަރީ އެސިސްޓެންޓް

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލައިބްރަރީ އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ލައިބްރޭރިއަން  

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދަރުމަވަންތަ ސްކޫލް، މާލެ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

މަޤާމުގެ ޝަރުޠު:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/5،020 ރުފިޔާ

-/1،500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ލައިބްރޭރީގައިވާ ފޮތްތައް ކެޓަގަރައިޒްކުރުމާއި، ފޮތްތަކުގެ ލޭބަލް ހަރުކޮށް، ސެލޯފިން ލައްވައި، ފޮތްތައް ބެލެހެއްޓުމުގެ ކަންކަން މޮނިޓަރކުރުން.

2- ކަނޑައެޅިފައިވާ އުޞޫލުގެމަތިން ތަކެތި ދޫކުރުމާއި ހޯދުން.

3- ލައިބްރަރީ ސާފުކުރުމުގައި ހަވާލުކުރެވިފައިވާ މަސައްކަތުމީހާގެ އެހީތެރިކަން ހޯދުން.

4- ލައިބްރަރީއަށް ބޭނުންވާ ގަވައިދުތައް ސްކޫލުގެ ވެރިޔާގެ މަޝްވަރާއާއެކު ހަދައި، ލައިބްރަރީގައި ފެންނަން ހުންނާނެހެން ބެހެއްޓުން.

5. ލައިބްރަރީއަށް ބޭނުންވާ ފޮތާއި، ފަރުނީޗަރުފަދަ ތަކެތި ހޯދުމުގައި އެހީތެރިވުން.

އިތުރު ޢިނާޔަތްތައް:   

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:      

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)  

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:   

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 8 މާރިޗު 2016 ގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 3324495 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

14 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ