އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

       ކުރިޔަށް އޮތް 05 އަހަރަށް (2027 އިން 2031) އަށް އދ. މަންދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށްޓަކައި ވަޑައިގަންނަވާ 02 ބޭފުޅުންގެ ހުރުމާއި ދޮވެއިސްތިރިކުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބޭފުޅުން މަންދޫއަށް  ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 04 ނޮވެންބަރު 2026 އިން 06 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.

އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 (ދެ) ކޮޓަރި ހަމަޖައްސައިދެވޭނެ ތަނުގެ ނަމާއި، ރެއަކަށް ޖެހޭ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަނަކުން، މި ކައުންސިލަށް ނުވަތަ މި ކައުންސިލުގެ އީމެއިލް އެޑްރެސް [email protected]  އަށް          01 ނޮވެމްބަރު 2026 ވާ  ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

           15 ޖުމާދަލްއޫލާ 1448

26 އޮކްޓޯބަރ 2026

26 އޮކްޓޫބަރު 2026
ހޯދާ