މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް 06 އެއަރކޮންޑިޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މިކައުންސިލަށް 06 އެއަރކޮންޑިޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

                     މިކައުންސިލަށް 06 އެއަރކޮންޑިސަން ފޯރުކޮށްދިނުމަށް ކުރި އިއުލާން ނަންބަރ (IUL)273/273/2026/26 (28 ސެޕްޓެމްބަރ 2026) ބާތިލްކޮށް، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މިކައުންސިލަށް 06 އެއަރކޮންޑިޝަންފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.            

                     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 02 ނޮވެމްބަރ 2026 ގެ 14:00  ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected]  އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

                    މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، މިއިއުލާނާއި އެކު ހީރާސް ކުރެވިފައިވާނެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް މި އިދާރާއަށް ވަޑައިގެންނެވެ. މުއްދަތު ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެންނެވެ.

25 އޮކްޓޯބަރ 2026 އިން 02 ނޮވެމްބަރ 2026 އަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

08 ނޮވެމްބަރ 2026

11:00 ގައި

                 މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7902974  ނަންބަރާ ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޮކްޓޫބަރު 2026
ހޯދާ