ދިވެހިރާއްޖެ
މިރަށު މަގުތަކުގައި އިންދާ ހައްދާފައިވާ ގަސްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭ އެންމެހާ ގަސްތަކާއި، މަގުތަކުގައި ހަދާފައިވާ ގާފޮޅުތަކާއި މަގަށް އަރާގޮތަށް ހަދާފައިވާ އޮޅިގަނޑުތައް އަދި މަގުތަކުގައި ގަސްއިންދާ ހައްދާފައިވާ އެންމެހާ ޕޮޓްފަދަ ތަކެތި، 2026 ޑިސެމްބަރު 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ނަގާ މަގުތައް ސާފުކުރުމަށް، އެކަންކަން ކޮށްފައިވާ ފަރާތްތަކަށް އަންގާ އިޢުލާނު ކުރަމެވެ.
01. މަގުގެ ފުޅާމިން 15 ފޫޓް ނުވަތަ 15 ފޫޓަށްވުރެ ފުޅާ މަގުތަކުގައި ގޯތީގެ އިމުން ފެށިގެން 12 (ބާރަ) އިންޗިއަށްވުރެ ބޭރަށް (މަގަށް) ނުނިކުންނަގޮތަށް ހުރި ގަސްތައް. ( މިގޮތަށް ހުރި ގަސްތައްވެސް ވާންވާނީ ހެދި ބޮޑުވުމުގެ ސަބަބުން މަގުމައްޗަށް ގަހުގެ ގޮފިތައް ނުނިކުންނަ ޒާތުގެ ގަސްގަހަށެވެ.)
02. މަގުގެ ފުޅާމިން 10 ފޫޓަށްވުރެ ހަނިނޫން މަގުތަކުގައި، ގޯތީގެ އިމުން ފެށިގެން 06 (ހައެއް) އިންޗިއަށްވުރެ ބޭރަށް (މަގަށް) ނުނިކުންނަގޮތަށް ހުރި ގަސްތައް. ( މިގޮތަށް ހުރި ގަސްތައްވެސް ވާންވާނީ ހެދި ބޮޑުވުމުގެ ސަބަބުން މަގުމައްޗަށް ގަހުގެ ގޮފިތައް ނުނިކުންނަ ޒާތުގެ ގަސްގަހަށެވެ.)
03. މަގުގެ ފުޅާމިން 06 ފޫޓަށްވުރެ ހަނިނޫން މަގުތަކުގައި، އިންފާރަށް ނުވަތަ ގޭގެ ފާރަށް އަރުވާފައިވާ ވެޔޮތައް. (މިގޮތަށް ހުރި ވެޔޮތައްވެސް ފާރުންނެއްޓި މަގުމަށްޗަށް އެލިފައި އޮވެގެންނުވާނެއެވެ.)
