ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅުގެ ތިނބިތައް ކޯޓުން ފޯރުކޮށްދޭ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު 578-A/2026/15 (15 އޮކްޓޯބަރު 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، ބުނެވިދިޔަ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރު 05 ވަނަ ދުވަހުގެ 12:00އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ 12:00އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
އަންދާސީހިސާބު ހުޅުވުން އޮންނާނީ 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ 12:00އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
