ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގައި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްޢިއްޔާތައް އެކްޓިވް ކުރުމާ ގުޅޭ

އިޢުލާން

ތިނަދޫގައި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްޢިއްޔާތައް އެކްޓިވް ކުރުމާ ގުޅޭ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މައުލޫމާތުތަކަށް ބަލާލާއިރު، ގދ. ތިނަދޫގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން، މަދު ޖަމްޢިއްޔާއެއް ފިޔަވައި ގިނަ ޖަމްޢިއްޔާތަކުން ޤާނޫނު ނަންބަރު 03/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ ގިނަ ޖަމްޢިއްޔާތަކުގެ ސްޓޭޓަސް މިހާރު ވަނީ 'އިން-އެކްޓިވް 'ވެފައެވެ.

2027 ވަނަ އަހަރަކީ މި ކައުންސިލުން އިސްނަގައިގެން ތިނަދޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ޙަރަކާތްތަކަށް ޚާއްޞަކޮށް، ރަށުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ރާވަމުންދާ އަހަރެކެވެ. މިފަދަ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ޖަމްޢިއްޔާތަކަކީ ޤާނޫނީ ގޮތުން ޒިންމާދާރު، ހިންގުން ހަރުދަނާ އަދި އެކްޓިވް ޖަމްޢިއްޔާތަކަކަށް ވެގެން ކަމުގައި ކައުންސިލުން ދެކެމެވެ.

ވީމާ، ތިނަދޫގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން މިވަގުތު އިން-އެކްޓިވް ޙާލަތުގައިވާ ޖަމްޢިއްޔާތަކުން، ޖަމްޢިއްޔާތަކުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމާބެހޭ ވުޒާރާއަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި މާލީ ބަޔާންތައް އަދި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅުއްވައި، ޖަމްޢިއްޔާގެ ސްޓޭޓަސް ވީއެންމެ އަވަހަކަށް 'އެކްޓިވް' ކުރެއްވުމަށް ދަންނަވަމެވެ.

އަދި ޖަމްޢިއްޔާ އެކްޓިވް ކުރެއްވުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު ރަސްމީކޮށް މި އިދާރާއަށް ލިޔުމުން (ނުވަތަ އީމެއިލް މެދުވެރިކޮށް) އަންގަވައިދެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި ކައުންސިލްގެ އިދާރާގެ މަދަނީ ޖަމިއްޔާތަކާއި ގުޅޭ ޔުނިޓްގެ ނަންބަރ 6841041 އާއިގުޅުއްވައި މަޢުލޫމާތު ސާފުކުރުއްވުންއެދެމެވެ.
                            15 جمادى الأولى 1448

26 އޮކްޓޫބަރު 2026
ހޯދާ