މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އުސޫލު ނަންބަރު G-34/2025 ގެ ދަށުން ކޮޅުމަޑުލު (ތ) ވިލުފުށީގައި ދޫކުރާ 100 (ސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ނިމި، ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމުގެ އިޢުލާން

މި މިނިސްޓްރީގެ ނަންބަރު 491/491/2026/2(IUL) (11 ޖަނަވަރީ 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. ސަރުކާރުގެ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ކޮޅުމަޑުލު ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި (ނަންބަރG-34/2025  ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އާ އެއްގޮތަށް ވެރިފައިކޮށް ނިމިފައިވާނެއެވެ. އެހެންކަމުން، ފޯމު ހުށަހެޅި ފަރާތްތަކަށް ހިޔާވެހި ޕޯޓަލަށް (hiyaavehi.housing.gov.mv) ލޮގިންވުމުން، ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓު ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އިތުރު ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އެ ޝަކުވާއެއް ހުށަހަޅަންވާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅަންވާނީ މި އިޢުލާން ކުރާ ތާރީޚުން ފެށިގެން 10 (ދިހަ) ދުވަހުގެ ތެރޭގައި، އެއީ 10 ނޮވެމްބަރު 2026 ގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004900 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

26 އޮކްޓޫބަރު 2026
ހޯދާ