މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުއްނަހްޟާ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

ރަތްމަންދޫ، ދިވެހިރާއްޖެ.        

                                                           

                                                 ނަންބަރު: (IUL)362/362/2026/28

 

އިޢުލާން

 

ކައުންސިލް 1448 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއް ނަހުޟާ މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

1448 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމްވެ ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުގު ވެރިވެލަށްވާ ފަރާތްތަކުން ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ލިޔުންތައް ހުށަހަޅާނީ [email protected] މި މެއިލް އަށެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ފޯނުނަމްބަރު 6720602 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

                        15  ޖުމާދަލްއޫލާ 1448

26 އޮކްޓޫބަރު 2026
ހޯދާ