އައިލެންޑް ބެވަރެޖަޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސ. ހިތަދޫގައި ބޮޓްލިންގ ޕްލާންޓް އިމާރާތް ޑިޒައިންކޮށް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އައިލަނޑް ބެވެރޭޖަސް މޯލްޑިވްސް (އައި.ބީ.އެމް) އިން ސ. ހިތަދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންސް ސެންޓަރ އިމާރާތްކުރާ 10439 އަކަފޫޓްގެ ބިމުގައި، މި މި ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސ. ހިތަދޫގައި ބޮޓްލިންގ ޕްލާންޓް ޢިމާރާތެއް ޑިޒައިންކޮށް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ( (Design and Buildފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑުގައި ރަޖިސްޓްރީވުމަށް އީމެއިލް ކުރައްވާނީ އިއުލާން ނަންބަރު ޖެއްސެވުމަށްފަހު [email protected] އަށްށެވެ.

 

1. ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ކުންފުނީގެ ރެޖިސްޓްރޭޝަން / ޕްރޮފައިލް

- ޑިރެކްޓަރަރުން / ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ

- ބިޒްނަސް ޕްރޮފައިލް (30 ދުވަސް ހަމަނުވާ)

- ކޯޓޭޝަން / އަންދާސީ ހިސާބު (ކޯޓޭޝަންގެ ވެލިޑީޓީ މަދުވެގެން 60 ދުވަސް)

- ބިޑް ސެކިއުރިޓީ

 

2. ބިޑް ކުރިޔަށްދާނެ ގޮތުގެ ތާވަލު

ތަން

ތާރީޙް އާއި ގަޑި

ތަފްސީލު

[email protected]  އަށްއީމެއިލް ކުރައްވައިގެން

 29 އޮކްޓޫބަރު 2026، މެންދުރުފަހު 14:00 ގެ ކުރިން

ބިޑުގައި ރަޖިސްޓްރީވުން

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ހެޑް އޮފީސް

01 ނޮވެމްބަރު 2026، މެންދުރުފަހު 14:00 ގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ހެޑް އޮފީސް

05 ނޮވެމްބަރު 2026، މެންދުރުފަހު 14:00 ގައި

އަންދާސީހިސާބު ހުށަހެޅުން

 

  • މި މަސައްކަތުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

3. އިވެލުއޭޝަން ކްރައިޓީރިއާ

މާކްސްދެވޭ އިންސައްތަ

ކްރައިޓީރިއާ

70%

މަސައްކަތާއި ތަކެތީގެ ޖުމްލަ އަގު

20%

މަސައްކަތް ނިންމަން ހުށައަޅާ މުއްދަތު

10%

މިބާވަތުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ

 

 

 

 

26 އޮކްޓޫބަރު 2026
ހޯދާ