މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ހޯދުން (ގްރެފިކް ޑިޒައިން ސްޕެޝަލިސްޓް)

މިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ގްރެފިކް ޑިޒައިން ސްޕެޝަލިސްޓް

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

 

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ އެއްބަސްވުން އާ ކުރެވޭނެއެވެ.)

ޕަބްލިކް ސަރވިސް ރޭންކް:

9

ޖޮބް މެޓްރިކްސް:

ގްރެފިކް އެންޑް މަލްޓިމީޑިއާ ޑިޒައިނަރުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑް އޮފީސް، މީޑިއާ އެންޑް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން

އަސާސީ މުސާރަ:

-/15،570 (ފަނަރަހާސް ފައްސަތޭކަ ހަތްދިހަ) ރުފިޔާ

މަޤާމުގެ އެލަވަންސް:

-/7،265 (ހަތްހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާ

ހާޒިރީ އިނާޔަތް:

-/195 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ބަންދު ފައިސާ

މަޤާމުގެ ޝަރުޠު

 

 

 

މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ؛

މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

ގްރެފިކް ޑިޒައިން، ގްރެފިކްސް އެންޑް ޑިޖިޓަލް ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ،  ގްރެފިކް ޑިޒައިން އެންޑް ޓައިޕޯގްރަފީ، ގްރެފިކް ކޮމިއުނިކޭޝަން، ގްރެފިކް ކޮމިއުނިކޭޝަން ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިންގ، ގްރެފިކް އާޓްސް، ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން.

 

މަލްޓިމީޑިއާ ޑިޒައިން، މަލްޓިމީޑިއާ ޓެކްނޯލޮޖީ، މަލްޓިމީޑިއާ ޕަބްލިކް ރިލޭޝަންސް.

 

މީޑިއާ ޑިޒައިން، މީޑިއާ ކޮމިއުނިކޭޝަން، މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ، މަލްޓިމީޑިއާ ޓެކްނޯލޮޖީ، ޑިޖިޓަލް މީޑިއާ ޑިޒައިން، އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް، އިމަރޖިންގ މީޑިއާ.

 

ކޮމިއުނިކޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަން، ވިޝުއަލް ކޮމިއުނިކޭޝަން، އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން.

 

ޑިޒައިން، ޑިޖިޓަލް ޑިޒައިން، ވިޝުއަލް ޑިޒައިން، އެނިމޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން، އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން، ޑިޒައިން އެންޑް އެޑްވަޓައިޒިންގ، އިލަސްޓްރޭޝަން، ވިޝުއަލް އާޓްސް، ވިޝުއަލް އިފެކްޓްސް، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، އެނިމޭޝަން، ޑިޖިޓަލް މާކެޓިންގ.

މަޤާމުގެ މަސްއޫލިއްޔަތުތައް

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.customs.gov.mv  ގައި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

  • މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނޯޓް: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީއާއި، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، އަދި އެހެނިހެން ތަޢުލީމީ ސެޓްފިކެޓްތައް އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ހުށަހަޅަންޖެހޭނީ މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކުންނެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް.
  • ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއާ ގުޅޭ އެހެނިހެން ލިޔުންތައް.

 

ސުންގަޑި

މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅުއްވާނީ 05 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ.

ނޯޓް : ސުންގަޑި ހަމަ ވުމަށް ފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓްތައް ބަލައި ނުގަނެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓްގައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް މި ފޯމާއެކު އެޓޭޗްކުރަންވާނެއެވެ.
  • ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައި ނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.

 

އެހެނިހެން ކަންކަން

  • މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 50 އަހަރާދެމެދު މީހުންނަށެވެ.  އެގޮތުން އުމުރުފުރާ ބަލާނީ 05 ނޮވެންބަރު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ވަޒީފާއަށް އެދޭ ފަރާތަކާ މުޢާމަލާތް ކުރަންޖެހޭ ޙާލަތްތަކުގައި މިއިދާރާއިން ބޭނުންކުރާނީ އެޕްލިކޭޝަން ފޯމުގައިވާ މޮބައިލް ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހެވެ.
  • މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަދި ކިޔަން އެނގޭވަރަށް ސާފުކޮށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި މަޤާމުތަކަށް މީހުން ހޮވާނީ، "ކަސްޓަމްސްގެ އެހެނިހެން މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (https://www.customs.gov.mv/Media/Documents/careers) ފެންނަން ހުންނާނެއެވެ.

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 1455 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

26 އޮކްޓޫބަރު 2026
ހޯދާ