ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
|
މަޤާމުގެ ނަން: |
ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
02 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ އެއްބަސްވުން އާ ކުރެވޭނެއެވެ.) |
|
ޕަބްލިކް ސަރވިސް ރޭންކް: |
8 |
|
ޖޮބް މެޓްރިކްސް: |
ސިސްޓަމް ޑޭޓާބޭސް އެންޑް ނެޓްވަރކް ޕްރޮފެޝަނަލުން |
|
އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: |
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑް އޮފީސް |
|
އަސާސީ މުސާރަ: |
-/15،885 (ފަނަރަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
-/7،410 (ހަތްހާސް ހަތަރުސަތޭކަ ދިހައެއް) ރުފިޔާ |
|
ހާޒިރީ އިނާޔަތް: |
-/200 (ހާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އެލަވަންސް |
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރަސްމީ ބަންދު ދުވަހު މަސައްކަތްކުރުމުން ބަންދު ފައިސާ |
|
މަޤާމުގެ ޝަރުޠު
|
މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: |
ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސަސް އެންޑް ސަޕޯޓް ސަރވިސް، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނަލިސިސް، ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވަރކިންގ އެންޑް ޓެލެކޮމިއުނިކޭޝަންސް، އިންފޮމޭޝަން ސައިންސް/ސްޓަޑީސް، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ސިސްޓަމްސް އިންޖިނިއަރިންގ، ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް، ސޮފްޓްވެއަރ އިންޖިނިއަރިންގ، އާޓިފިޝަލް އިންޓެލިޖެންސް އެންޑް ރޮބޮޓިކްސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ، އިންފޮމޭޝަން ޓެކްނޯލޮޖީ،ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓާރ.
|
|
މަޤާމުގެ މަސްއޫލިއްޔަތުތައް |
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.customs.gov.mv ގައި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
|
ސުންގަޑި |
މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅުއްވާނީ 05 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހު މެންދުރު 14:00ގެ ކުރިން މި ސަރވިސްގެ އީމެއިލް: [email protected] މެދުވެރި ކޮށެވެ. ނޯޓް : ސުންގަޑި ހަމަ ވުމަށް ފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓްތައް ބަލައި ނުގަނެވޭނެއެވެ. |
|
ވަޒީފާއަށް އެދި ހުށަހެޅުން |
|
|
އެހެނިހެން ކަންކަން |
|
|
-3- |
މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 1455 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
