ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކުރާ ޢަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގުރާމް 1448

އިޢުލާން

                            " ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކުރާ ޢަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގުރާމް 1448 " ގެ ނަމުގައި 18 އަހަރުންދަށުގެ ފިއްލަދޫގެ އެންމެހައި ފަރާތްތަކަށާއި ފިއްލަދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮއްގެން  ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު 26 އޮކްޓޯބަރ 2026 ން 29 އޮކްޓޯބަރ 2026 ވަނީ ހުޅުވާލެވިފައެވެ. ނަންނޯޓް ކުރުމަށް މެސެޖްކުރާނީ 9211533 ( ފިއްލަދޫ ކައުންސިލް އިދާރާ ) ނުވަތަ 7882488 (ޙައްވާ ޒަހީރާ) ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަށެވެ.

                         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

26 އޮކްޓޫބަރު 2026
ހޯދާ