ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އެސިސްޓެންޓް ގްރޭޑް 1

އިޢުލާނު

 

މަޤާމު:

މިސްކިތު އެސިސްޓެންޓް ގްރޭޑް 1

މަޤާމު ނަމްބަރ:

-

ބޭނުންވާ އަދަދު:

10

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (23 މަސްދުވަސް)-  މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު ސިވިލްސަރވިސްގެ ޤަވާޢިދުގެ 112ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުގެ މަތިން ކޮންޓްރެކްޓް މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ރޭންކު:

ރޭންކް 1 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

7,530/- (ހަތްހާސް ފަސްސަތޭކަ ތިރީސްރުފިޔާ)

މަޤާމުގެ އެލަވަންސް:

1,935/- (އެއްހާސް ނުވަސަތޭކަ ތިރީސްފަސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކޮންޓްރިބިއުޝަން.
  2. ޙާޟިރީ އިނާޔަތް: 25 (ފަންސަވީސް ރުފިޔާ) ނަމާދަކަށް (މެންދުރު، ޢަޞުރު، މަޢްރިބް، ޢިޝާ ނަމާދު)
  3. ޙާޟިރީ އިނާޔަތް: 55 (ފަންސާސް ފަސްރުފިޔާ)  ނަމާދަކަށް ( ފަތިސް ނަމާދު)
  4. ހާޒިރީ އިނާތަތް ( ހުކުރު، ތަރާވީޙް، އީދު،ކޭތަ،ކަށުނަމާދު އަދި ދަމުނަމާދު ) ނަމާދަކަށް 55.00 (ފަންސާފަސްރުފިޔާ)          
  5. ރަމަޟާން މަހުގެ އިނާޔަތް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އެހީތެރިވުމާއި، ކައުންސިލުގެ ނިންމުންތަކަށް އިޙްތިރާމްކުރުން.
  3. ކައުންސިލް އިދާރާއިން ހަމަޖައްސާ މިސްކިތަކަށް ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ 15 މިނިޓް ކުރިން ޙާޟިރުވެ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ އެތެރެއާއި، މިސްކިތުގެ އިސްކުރުބަރިއާއި، މިސްކިތުގެ ފާޚާނާތަކާއި އިސްކުރުބަރި ސާފުކުރުން.
  4. ކޮންމެ ނަމާދުވަގުތަކަށް ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އޭސީ ޖެއްސުމާއި ނިއްވުމާއި ފަންކާ ޖެހުމާއި، ދިއްލަންޖެހޭ ބޮކިތައް ދިއްލުމާއި، ނަމާދު ނިމުމުން ފަންކާތަކާއި ބޮކިތައް ނިއްވުން
  5. ނަމާދުކޮށް ނިމިގެން 15 މިނެޓަށް މަޑުކޮށް އޭސީ ނިއްވުމާއި،ފަންކާތަކާއި، ބޮކިތައް ނިއްވުމާއި، ފާޚާނާތައް ސާފުކުރުން ފަދަ މަސައްކަތްތައްކުރުން.
  6. ދޮރުތައް ހުޅުވަންޖެހޭ މިސްކިތެއް ނަމަ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ނަމާދު ނިމުމުން ދޮރުތައް ލެއްޕުން.
  7. ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ވަށައިގެންވާ މަގުތައް ސާފުކުރުން.
  8. މިސްކިތުގެ ގޯތިތެރެއަށާއި، މަގުމައްޗަށް ފެންޖެހުން އަދިކޮންމެދެދުވަހަކުން އެއްދުވަހު މިސްކިތުގެ އެތެރޭގައި މޮޕްލައި ސާފުކުރުން.
  9. ކޮންމެ ދުވަހަކު 5 ނަމާދު ވަގުތަށް ފާޚާނާތަކާއި، އިސްކުރުބަރިއާއި، ވަޅުދޮށް ސާފުކުރުން.
  10. މިސްކިތުގެ ކަބަޑުތައް ފޮޅާ ސާފުކުރުމާއި، ފޮތްތަކުގެ ހިރަފުސް ސާފުކުރުމާއި މިސްކިތުގެ ދޮރާއި ދޮރުފަތްތައް ސީލިންގތަކާއި ފަންކާ އާއި އެހެނިހެން އިލެކްޓްރިކް އިލެކްޓޯނިކް އާލާތްތައް ސާފުކުރުން.
  11. މިސްކިތުގެ ވަޅުތަކުގެ ދިޔަހިއްކާ ސާފުކުރުން އަދި މިސްކިތުގެ ފުރާޅާއި ދިޔަ ދޮވި ސާފުކުރުން.
  12. މިސްކިތުގެ އެތެރެއާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތުގެ މަގުމަތި ކުނި ކަހާ ސާފުކުރުމުގެ މަސައްކަތްކުރުން.
  13. ހުކުރުނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، ތަރާވީހް ނަމާދު ފަދަ ނަމާދުތަކަށާއި، ދަރުސްތަކަށް މިސްކިތް ތައްޔާރު ކުރުމާއި އެ ނަމާދުތައް ނިމެންދެން މިސްކިތުގައި ތިބުން.
  14. ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު މިސްކިތުގެ ބަގީޗާތަކަށް ފެންދީ ގަސްތައް ބެލެހެއްޓުން
  15. މިސްކިތުގައި ޤާއިމުކޮށްފައިވާ ސައުންޑް ސިސްޓަމާއި އެންމެހައި ކަރަންޓު ސާމާނުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުން.
  16. ކައުންސިލުން ބާއްވާ އިވެންޓް ތަކުގެ މަސައްކަތް ކުރުން .
  17. ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕަވައިޒަރަށް ނުވަތަ ރިޕޯޓުކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް ރިޕޯޓްކުރަންޖެހޭ ކަންކަން ޤަވާޢިދުން އަންގަމުންދިޔުން.

މަޤާމުގެ ޝަރުޠުތައް:

1-     ލިޔަންކިޔަން އެނގުން.

ނުވަތަ

2-     މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

ކުނިކަހާ ފޮޅާ ސާފްކުރުމުގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. www.thinadhoo.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      އަސާސީ ޝަރުޠު ހަމަވުން  50% (ފަންސާސް އިންސައްތަ)

2-      އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 (ފަސް އިންސައްތަ)

3-      އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 (ފަސް އިންސައްތަ)

4-      އިންޓަވިއު  %40 ( ސާޅީސް އިންސައްތަ)

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބި ފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ނޮވެމްބަރ 2026 ގެ 13:00 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  15 ނޮވެމްބަރ 2026 އާއި 17 2026  އާ ދެމެދު، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841044 އަށެވެ. އީ-މެއިލް ކުރާނީ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 އޮކްޓޫބަރު 2026
ހޯދާ