އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026" މުބާރާތަށް ލައިން ރެފްރީން އަދި އަމްޕަޔަރުން ހޯދުމާއި ގުޅޭ

އިޢުލާން

 

"އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026" މުބާރާތަށް ލައިން ރެފްރީން އަދި އަމްޕަޔަރުން ހޯދުމާއި ގުޅޭ 

"އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026" ގެ ނަމުގައި ބެޑްމިންޓަން މުބާރާތް 2026 ނޮވެންބަރު 04ވާ ބުދަ ދުވަހު އައްޑޫ ހިތަދޫ ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މި މުބާރާތުގައި ހަރަކާތްތެރިވާނެ އަމްޕަޔަރުންނާއި އަދި ލައިން ރެފްރީން ހޯދުމަށް ބޭނުންވެއެވެ.

ވީމާ، "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ" މުބާރާތުގެ މެޗްތަކުގައި އަމްޕަޔަރުންނާއި އަދި ލައިން ރެފްރީންގެ ގޮތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.

ލިންކް: https://forms.gle/AhPnVC77J2bkK86A8

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

14 ޖުމާދުލްއައުލާ  1448

25 އޮކްޓޯބަރު 2026

 

 

25 އޮކްޓޫބަރު 2026
ހޯދާ