ދިވެހިރާއްޖެ
ނަންބަރު: 258/258/2026/83(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންޓަނާ ކުއްޔަށްދިނުމާއި ގުޅޭ.
ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންޓަނާ 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުންސިލުގެ 05 ވަނަ ދައުރުގެ 07 ވަނަ އާންމު ޖަލްސާއިން ނިންމުމާއި ގުޅިގެން، މިއިދާރާއިން 31 އޮގަސްޓް 2026 ވަނަ ދުވަހު ކުރެވުނު ނަމްބަރ 258/258/2026/69(IUL) އިޢުލާނާއި، 24 ސެޕްޓެމްބަރ 2026 ގައި ކުރެވުނު ނަމްބަރ 258/258/2026/73(IUL) އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަކުގެ ޝަރުޠު ހަމަނުވާތީ، މިއެންޓަނާ ކުއްޔަށް ދިނުމަށްޓަކައި ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ އުތުރުއަވަށުގައިވާ އެންޓަނާ 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
01 ނޮވެމްބަރ 2026 (އާދީއްތަ ދުވަސް) |
ހެނދުނު 11:00 / ކައުންސިލް މީޓިންގ ރޫމް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
15 ނޮވެމްބަރ 2026 (އާދީއްތަ ދުވަސް) |
ހެނދުނު 11:00 / ކައުންސިލް މީޓިންގ ރޫމް |
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
14 ޖުމާދަލްއޫލާ 1448
25 އޮކްޓޯބަރ 2026
