ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮލުމަޑުލު މަޑިފުށީ ކައުންސިލް އިދާރާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލަކު ބޭނުންވެއްޖެ

ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓުރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ވަކީލެއްގެ ޚިދުމަތް 6 މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ. ނަމަވެސް މި މުއްދަތު ހަމަވާއިރު ޤާނޫނީ މައްސަލައެއް ކުރިޔަށްދާކަމުގައި ވާނަމަ ދެފަރާތުން އެއްބަސްވާގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 4 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ވެލެއްވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާ:

https://forms.cloud.microsoft/r/jqRLKHFNm6

މި ކަމާއި ގުޅޭގޮތުން އެއްވެސް  ސުވާލެއް އޮތްނަމަ ކައުންސިލްގެ ނަމްބަރު 6780034 ފޯނަށް ގުޅައިގެން ، ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 8.30 ން 13.30 އާއި ދެމެދު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.           

ބިޑުތައް ހުޅުވުން އޮންނާނީ 9 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00  ގައި ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ

ޝަރުޠުތައް:

  1. ބާކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައިވުން..
  2. ޤާނޫނީ ދާއިރާގައި މަދުވެގެން 2އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް: (ޕްރޮޕޯސަލް)

  • ބިޑް ( އަގުޖަހާނީ މަސްދުވަހަށް ބަލައިގެން)
  • ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ އެސްޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ޕްރޮފައިލް
  • ތަޖުރިބާގެ ލިޔުންތައް.

 

 

އިވެލުއޭޝަން ކުރުމުގައި މާކްސްދޭނެގޮތް:

މާކުސްދެވޭ ކުރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްސީލް

ފޯމިއުލަރ

އަގު

90%

v     މަސައްކަތުގެ އަގައްދޭ މާކްސް:

 

v    މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

v     ތަޖުރިބާއަށްދޭ މާކްސް

 

v     މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ، ގުޅުންހުރި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބެންޗްމާކެއް ގޮތުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ %ހުރިހާ ތަޖުރިބާއެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިމިވާގޮތައް  ލިޔުން ހުށަހަޅާ ފަރާތަކަށެވެ.

v     މިފަދަ މަސައްކަތްތައް  ކޮށްފައިވާ ފަރާތްތަކަށް، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2މާރކްސް ދެވޭނެ ( މިބަޔަށް ގިނަވެގެން މާރްކސް ދެވޭނީ 5ލިޔުމަށެވެ. ) މީގެ އިތުރުން މިފަދަ މަސައްކަތުގެ ތަޖްރިބާ ހުރި މިންވަރަށް ރިޔާޢަތް ކުރެވޭނެއެވެ.

v     ލިޔުމުގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރުގެ އޮފިސްތަކާއި، ރަޖިސްޓްރީ ކޮށްފައި ހުންނަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ކުންފުނި ފަދަ ތަންތަނުން ދޫކޮށްފައިވާ ތައްގަނޑު ޖެހި ރަސްމީ ލިޔުމެވެ.

( Submitted of work experience /  Benchmark   x Allocated Percentage

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮކްޓޫބަރު 2026
ހޯދާ