ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިއްސާރައިން ލިބުނު ގެއްލުމުގެ މަޢުލޫމާތު އެއްކުރުމާ ގުޅޭ

މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެގެޔަށާއި ދަނޑުބިންތަކަށާއި އަމިއްލަ މީހުންގެ މުދަލަށް ލިބިފައިވާ ގެއްލުމުގެ މަޢުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި، ގެއްލުމުގެ ތަފްޞީލް އެނގޭނެހެން 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 'ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ބަޔާންކުރާ ފޯމު' މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮކްޓޫބަރު 2026
ހޯދާ