ދިވެހިރާއްޖެ
- ބިޑް ހުށަހެޅުމުގެ ދައުވަތު
މި ރަށުގެ "މަސްޖިދުއް ރަޙްމާން" މަރާމާތުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމުން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގައި، އދ. ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބިޑުގައި ބައިވެރިވެވޭނީ "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފުކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.
