01. މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމު ނަންބަރު
|
249012
|
މަގާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
ރޭންކް
|
ޖީ.އެސް 3
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ
|
-/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1500 ރުފިޔާ
|
މެޑިކަލް އިންޝުއަރެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.
|
އިތުރު ގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން
|
މަޤާމު އޮތް އޮފީހުގެ ނަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް
|
އެޑްމިން އެންޑް ފައިނޭންސް ސެކްޝަން / ހިއުމަން ރިސޯސް ޔުނިޓް
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑުމަސައްކަތް:
|
-
ވަޒީފާ ދޭ މުވައްޒަފުންގެ ކަންތައްތަކާއި ވަޒީފާގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދާ އެއްގޮތަށް ކުރުމާއި ބެލެހެއްޓުން
-
މަޤާމު އުފެއްދުމާއި، އުވާލުން، މުވައްޒަފުން ލެއްވުމާއި ވަކިކުރުން އަދި ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ވިއުގައިގެ ތެރެއިން ކުރުން
-
އަލަށް މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނާއި ވަކިވާ މުވައްޒަފުންގެ ޗިޓު ހެދުމާއި، ވަޒީފާ ބަޔާން، ވަޒީފާގެ އެއްބަސްވުން ހެދުން
-
މިނިސްޓްރީއަށް ވައްދާ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ލެއްވުމާއި، ވަކިކުރުން އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން
-
އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ (Induction) ޕްރޮގްރާމް ކުރިއަށް ގެންދިއުން
-
މުވައްޒަފުންގެ ޕަރސަނަލް ފައިލުތައް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
-
މުވައްޒަފުންގެ ޓްރޭނިންގ ރިކްއަމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕާއި ކުރު ކޯސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރޭނިންގއާ ބެހޭ ދަފުތަރު ބެލެހެއްޓުން
-
ޓްރޭނިންގ ފޯކަލް ޕޮއިންޓެއްގެ ގޮތުން ސިވިލް ސަރވިސް އިން ޓްރެއިންގއާ ބެހޭގޮތުން އަންނަ ސަރކިއުލަރ، ސަރކިއުލަރނޯޓް، ސިޓީ އަދި ނޯޓް ތަކަށް ޖަވާބު ފޮނުވުން
-
އެޗް.އާރް އަށް އަންނަ ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބު ދިނުމާއި ފައިލުކުރުން އަދި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތް
-
ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން
|
މަޤާމުގެ ޝަރުޠުތައް
|
އަސާސީ ޝަރުޠު
|
-
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
02. މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމު ނަންބަރު
|
110896
|
މަގާމުގެ ކްލެސިފިކޭޝަން
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
ރޭންކް
|
އެމް.އެސް 1
|
މުސާރައާއި އިނާޔަތްތައް
|
|
މުސާރަ
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
މެޑިކަލް އިންޝުއަރެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.
|
އިތުރު ގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން
|
މަޤާމު އޮތް އޮފީހުގެ ނަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް
|
އެޑްމިން އެންޑް ފައިނޭންސް ސެކްޝަން / ހިއުމަން ރިސޯސް ޔުނިޓް
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑުމަސައްކަތް:
|
-
މުވައްޒަފުންގެ މަޤާމުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުވުމާއި ވަޒީފާގެ އެއްބަސްވުންތައް އަދި ވަޒީފާ ބަޔާންތައް ގަވާއިދުން ބަލަހައްޓަމުން ގެންދޭތޯ ބެލުން.
-
މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމް ސިވިލް ސަރވިސްގެ ޤާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓަމުން ގެންދޭތޯ ބެލުން.
-
ހުރިހާ މުވައްޒަފުންގެ ޢަމަލުތައް ސިވިލް ސަރވިސް ޤާނޫނުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން ޔުނިޓުތަކުގެ ހެޑުން ބަލަހައްޓަމުން ގެންދޭތޯ ބެލުން
-
މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އަންގައި އިޞްލާޙީ ފިޔަވަޅުއެޅުމުގެ ކަންތައްތައް ކުރަމުންގެންދޭތޯ ބެލުން
-
މުވައްޒަފުންގެ ރިކޯޑު ފައިލުތައް ބެލެހެއްޓުމުގެ ކަންތައްތައް ކުރުވުމާއި މުވައްޒަފުންނާބެހޭ ގޮތުން އަމަލުކުރަމުންދާ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުމުގެ ކަންތައްތައް ކުރޭތޯ ބެލުން
-
މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަކިކުރުން އަދި ބަދަލުކުރުމުގެ ކަންތައްތައް ގަވާއިދުން ބަލަހަހައްޓަމުން ގެންދޭތޯ ބެލުން
-
މުވައްޒަފުން ވަޒީފާއަށް ވެއްދުމަށްކުރެވޭ އިއުލާނާއި އިންޓަރވިއުގެ ކަންތައްތައް ކުރުވުމާއި ބެލެހެއްޓުން އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ކޮމިޓީގެ މަޝްވަރާގެ މަތިން މުވައްޒަފުން ވަޒީފާއަށް ހޮވުމުގެ ކަންތައްތައް ކުރަމުންގެންދޭތޯ ބެލުން
-
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލޭނެގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމުގެ ކަންތައްތައް ކުރުވުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން
-
މުވައްޒަފުންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭނުންވާ ޓްރޭނިންގތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގުމާއި ޓްރޭނިންގ ދެވޭނެގޮތްތައް ހޯދުމާއި ޓްރޭނިންގތައް ދިނުމުގެ ކަންތައްތައް ކުރަމުންގެންދޭތޯ ބެލުން
-
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާއި ކޮމިޓީގެ ސަބް ޕެނެލްތަކުގެ ބައްދަލުވުންތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓަމުން ގެންދޭތޯ ބެލުން
-
މުވައްޒަފުންގެ މެދުގައި މަސައްކަތައް އަބަދުވެސް ޝަޢުޤުވެރިކަން އުފެއްދުމަށާއި ދެމެހެއްޓުމަށްޓަކައި އިޖުތިމާޢީ އެކިއެކި ޙަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގެ ކަންތައްތައް ބެލެހެއްޓުން
-
އޮފީހުގެ މަސައްކަތްކުރާ މާޙައުލަކީ ޤަބޫލުކުރެވޭ ފެންވަރެއްގައި، ސިއްޙީގޮތުން ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ކުރެވޭނެ ކަންތައްތައް ކަނޑައެޅުމާއި އެކަންތައްތައް އިންތިޒާމުކުރުމުގެ ކަންތައްތައް ބެލެހެއްޓުން
-
ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މުވައްޒަފުންނާ ގުޅޭ ކަންތައްތަކުގައި ޢަމަލުކުރާނެ އުސޫލުތައް ސާފުކޮށް އެނގޭނޭގޮތަށް ލިޔެކިޔުމުން ގެންގުޅުމާއި ބެލެހެއްޓުން
-
ސެކްޝަނުން، އާންމުންނަށާއި އަދި އިންޓަރނަލްކޮށް އޮފީހުގެ އެހެން ސެކްޝަންތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަށާއި
އަދި ސެކްޝަނުންކުރާ ހުރިހާ މަސައްކަތްތަކަށް ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs) ތައްޔާރުކޮށް
މި ޕްރޮސީޖަރސްތަކާ އެއްގޮތަށް ޔުނިޓުގެ ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން .
-
ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ
މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ
ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން
|
މަޤާމުގެ ޝަރުޠުތައް
|
އަސާސީ ޝަރުޠު
|
-
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
-
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
|
03. މަޤާމު
|
ކޯލް ސެޓަރ އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމު ނަންބަރު
|
268761
|
މަގާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
ރޭންކް
|
ޖީ.އެސް 3
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ
|
-/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1500 ރުފިޔާ
|
މެޑިކަލް އިންޝުއަރެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.
|
އިތުރު ގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން
|
މަޤާމު އޮތް އޮފީހުގެ ނަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / މިނިސްޓަރސް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ޔުނިޓް
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑުމަސައްކަތް:
|
-
މިނިސްޓްރީއަށް އަންނަ ފޯންކޯލްތަކަށް މިނިސްޓްރީގެ ޚިދުމަތްތަކާބެހޭ އާންމު މަޢުލޫމާތު ފޯރުކޮށްދިނުން
-
ފޯން ކޯލްތައް ފޯވަޑް ކުރަންޖެހޭ ފަރާތްތަކަށް ފޯވަޑް ކުރުން
-
ފޯވަޑްކުރާ ކޯލްތަކުގެ ތެރެއިން ފޯވަޑްކުރާ ފަރާތަށް ރައްދުނުވާ ކޯލްތަކުގެ މެސެޖް ނެގުމަށްފަހު، ކަމާގުޅޭ ފަރާތަށް މެސެޖް ދިނުން. އަދި އެފަރާތުން ކަސްޓަމަރަށް އެޓެންޑް ކުރޭތޯ ކަށަވަރުކުރުން.
-
މަޢުލޫމާތު ސާފުކުރަން އަންނަ ފޯންކޯލްތަކުގެ އިންކުއަރީސްތައް ނަގާ މިއިންކުއަރީތައް ޑާޓާބޭސްއަށް އަޅައި ބެލެހެއްޓުން
-
ފޯނުކުރާ ފަރާތްތަކުގެ ޝަކުވާތައް ކަމާގުޅޭ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން.
-
މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން
-
މިނިސްޓްރީން ވަގުތީ ގޮތުން މަސައްކަތެއް ހަވާލުކޮށްފިނަމަ އެކަމެއް ކުރުން
|
މަޤާމުގެ ޝަރުޠުތައް
|
އަސާސީ ޝަރުޠު
|
-
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ ފްރަންޓް އޮފީސް މެނޭޖްމަންޓް/ ކަސްޓަމަރ ކެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓް/ ފްރަންޓް އޮފީސް މެނޭޖްމަންޓް/ ކަސްޓަމަރ ކެއަރގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
04. މަޤާމު
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
ބޭނުންވާ އަދަދު
|
1
|
މަޤާމު ނަންބަރު
|
251081
|
މަގާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް
|
އެމް.އެސް 1
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
މެޑިކަލް އިންޝުއަރެންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.
|
އިތުރު ގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން
|
މަޤާމު އޮތް އޮފީހުގެ ނަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑުމަސައްކަތް:
|
-
ޔުނިޓްހެޑްގެ އިރުޝާދާއި މާލިއްޔަތު ޤާނޫނާ އެއްގޮތަށް މިނިސްޓްރީން އަހަރަކު އެއްފަހަރު އާކުރާ އެގްރީމެންޓްތައް ތައްޔާރުކުރުމާއި ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިއުން
-
މިނިސްޓްރީގެ އީމެއިލް ސިސްޓަމަކީ google އިން ފޯރުކޮށްދޭ ޚިދުމަތަކަށްވެފައި، މި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތަށް ފައިސާދެއްކުމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި ފައިލުކޮށް ބެލެހެއްޓުން.
-
ޔުނިޓުގެ މަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި، މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ މަތިން ހޯދުމާއި، ސަރވިސް ޕްރޮވައިޑަރުންނާއި ކުރަންޖެހޭ މުޢާމަލާތް ކުރުމާއި، ކޮންމެ މަސައްކަތަކަށް ތައްޔާރުކު ކުރަންޖެހޭ ލިޔެކިޔުންތަށް ތައްޔާރުކުރުމާއި ފައިލުކޮށް ބެލެހެއްޓުން.
-
ޓްރޭޑް އިންފޮރމޭޝަން ސިސްޓަމް "ބޮލި ސިސްޓަމް" ބަލަހައްޓާ އައިޓީ ކޮންސަލްޓަންޓުންނަށް އެހީތެރިވެދިނުމާއި އަދި ބެކްއަޕް ސަޕޯޓް ދިނުން
-
މިނިސްޓްރީއަށް އަލަށް ހޯދާ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ސްކޭނަރތަށް އައިޓީ އިންވެންޓްރީ ޑޭޓާބޭސްގައި ރަޖިސްޓަރީކުރުމަށްފަހު، އެތަކެތި ބޭނުންކުރާނެ ސްޓޭޝަންތަކުގައި، ބޭނުންކުރެވޭ ފެންވަރަށް އިންސްޓޯލްކުރުން.
-
މިނިސްޓްރީން ވަކިވާ މުވައްޒަފުންގެ އީމެއިލް އެޑްރެސްތައް ޑިއެކްޓިވޭޓް ކުރުމާއި، ބެކްއަޕްނަގައި ރައްކާކުރުން.
-
އެހެން ޔުނިޓުތަކުން ހިންގާ ޕްރޮޖެކްޓެއްގައި އައިޓީ ކޮމްޕޯނެންޓެއް ހިމެނޭނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް (ޔުނިޓް ހެޑްގެ އިރުޝާދާއި އެއްގޮތަށް) ފޯރުކޮށްދިނުން. މީގެ ތެރޭގައި އައިޓީ ތަކެތި ހޯދަންޖެހޭނަމަ އޭގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
-
ބޮލި ސިސްޓަމްގެ އިދާރީ މަސައްކަތްތަކާއި ޓިއުޓޯރިއަލް ހެދުމާއި މިނިސްޓްރީގެ މުވައްޒަފުންގެ ޕާސްވޯޑްތައް ރިސެޓްކޮށްދިނުން
-
އައިޓީ ސިސްޓަމަށް ދިމާވާ ބޮޑެތިމައްސަލަތަކާއި ޚާއްޞަ މަސައްކަތްތަކުގައި ޓެކްނިކަލް ސަޕޯޓް ސްޓާފަށް އެހީތެރިވެދިނުން.
|
މަޤާމުގެ ޝަރުޠުތައް
|
އަސާސީ ޝަރުޠު
|
-
އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އައިޓީ ނެޓްވަރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
-
އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން
|
އިންޓަރވިއު ކުރުން:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.
- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
އެދެންވީ ގޮތާއި ސުންގަޑި
|
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ
- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
|