ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/24 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 27 ވަނަ އާއްމު ޖަލްސާ (2026/36)
ޖަލްސާ ބޭއްވި ތާރީޚް: 21 އޮކްޓޫބަރ 2026
ޖަލްސާ ބޭއްވި ގަޑި: 12:30 އިން 13:00 އަށް
ކައުންސިލްގެ ނިންމުން
1. މައްސަލައިގެ ޚުލާޞާ
- "ކޮޅުމަޑުލު އޮމަދޫ ކައުންސިލް ކުޅިވަރުހަފްތާ 2026 ގެ އުޞޫލް" މަޝްވަރާކޮށް ފާސްކުރުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ކޮމެޓީމަރުހަލާގައި މަޝްވަރާކުރެވުނުގޮތަށް "ކޮޅުމަޑުލު އޮމަދޫ ކައުންސިލް ކުޅިވަރުހަފްތާ 2026 ގެ އުޞޫލް" ޑްރާފްޓްގައިވާ ގޮތަށް ފާސްވެޖެކަމުގައި ރިޔާސަތުން ނިންމެވިއެވެ.
ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި ނިންމުނުގޮތް: އުޞޫލު ޑްރާފްޓްގައިވާ ގޮތަށް ފާސްކުރުމަށް.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3
2. މައްސަލައިގެ ޚުލާޞާ
- އަލަށް ދޫކުރެވޭ ގާޑިޔާތަކުގެ އުޞޫލް އިސްލާހްކޮށް ފާސްކުރުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ކޮމެޓީމަރުހަލާގައި މަޝްވަރާކުރެވުނުގޮތަށް އަލަށް ދޫކުރެވޭ ގާޑިޔާތަކުގެ އުޞޫލް އިސްލާޙު ކުރުމަށްފަހު ޑްރާފްޓްގައިވާ ގޮތަށް ފާސްވެޖެކަމުގައި ރިޔާސަތުން ނިންމެވިއެވެ.
ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި ނިންމުނުގޮތް:
- (2) ވަނަ މާއްދާ އިސްލާޙުކުރުން
- (6) ވަނަ މާއްދާގެ (ނ) އިސްލާޙުކުރުން
- (6) ވަނަ މާއްދާއަށް (ބ) އިތުރުކުރުން
- (8) ވަނަ މާއްދާގެ (ހ) އިސްލާޙުކުރުން
- (8) ވަނަ މާއްދާއަށް (ބ) އިތުރުކުރުން
- (09) ވަނަ މާއްދާ އިސްލާޙުކުރުން
- (13) ވަނަ މާއްދާ އިސްލާޙުކުރުން
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3
