މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލ. އަތޮޅު ތަޢުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އިންޓެރެކްޓިވް ކްލާސްރޫމް ބޯޑް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ލ. އަތޮޅު ތަޢުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އިންޓެރެކްޓިވް ކްލާސްރޫމް ބޯޑް ހޯދުން:

1. "އިންޑިއަން ގްރާންޓް އެސިސްޓެންސް ފޮރ އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްސް (HICDPs)" ގެ ދަށުން ލ. އަތޮޅު ތަޢުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އިންޓެރެކްޓިވް ކްލާސްރޫމް ބޯޑް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މިބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ގެ އުސޫލުންނެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޫބަރު 25 ން 2026 ނޮވެންބަރު 01 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:https://forms.moe.gov.mv/

4. މިބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000/- ދިވެހި ރުފިޔާ (ދިހަހާސް ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.

5. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2026ނޮވެންބަރު 01ވަނަ  ދުވަހުގެކުރިން، 8 ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެންބަރު 04 ވަނަ ދުވަހުގެ 11:30 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2026 އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3041242, 3041249

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/

 

25 އޮކްޓޫބަރު 2026
ހޯދާ