ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކް ޑިޒައިންކުރުން
އިޢުލާން
ކުޑަހުވަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކް ޑިޒައިންކުރުން:
ކުޑަހުވަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު 2016 މާރިޗު 01 ވަނަ ދުވަހުން ފެށިގެން 2016 މާރިޗު 07 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 2016 މާރިޗު 08 ވަނަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މާރިޗު 14 ވަނަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
10% |
މުއްދަތު |
20% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
10% |
އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ފެބުރުވަރީ 2016
ހޯދާ