މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލޭގައި ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްރ އެންޑް އޯޝަން ރިސޯސަސްއިން މިހާރު ވަނީ ހުޅުވާލާފައެވެ.
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި،އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35އަހަރުން ދަށް)؛
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަށް ފަރުމަހުގެ މަސްވެރިކަންކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަންކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.
ވީމާ، މިހަތަރު އެޥޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އެވޯޑުތަކަށް ކުރިމަތިލުމަށްއެދޭ ފޯމް ފުރުވުމަށްފަހު 29 އޮކްޓޯބަރ 2026 ވާ ބުުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުންއެދެމެވެ. ފޯމު ހުށަހެޅުމުގައި އެހީތެރިކަން ބޭނުންފުޅުވާފަރާތްތަކަށް އެ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 އޮކްޓޫބަރު 2026
ހޯދާ
