ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތް ލައިވްކުރުމާއި ފޮޓޯނެގުން އަދި ސައުންޑާއި ލައިޓީންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މި އަންނަ ނޮވެމްބަރ 11 އިން 14 އަށް ވައިކަރަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކައުންސިލްގެ ޤުރުއާން މުބާރާތް 2026 ގައި އަންނަނިވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1-      މުބާރާތް ލައިވްކުރުން

2-      މުބާރާތުގެ ސައުންޑް ހަމަޖައްސައިދިނުން

3-      މުބާރާތުގެ ލައިޓިންގ

4-      މުބާރާތުގެ ފޮޓޯ ނެގުން

ވީމާ މިމަސައްކަތް ކޮށްދޭން ގަސްތުކުރާ ފަރާތްތަކުން އިޢުލާނާ އެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާން ކިޔުމަށްފަހު 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮކްޓޫބަރު 2026
ހޯދާ