ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޏ. ފުވައްމުލައް ފިހާރައަށް ގެންދެވޭ، ހިލަ، ހިލަވެލި އަދި ހިމުންވެލި އެއް އަހަރުގެ މުއްދަތަށް ބަސްތާތަކަށް ރީޕެކް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޏ. ފުވައަމުލައް ފިހާރައަށް ގެންދެވޭ، ހިލަ، ހިލަވެލި އަދި ހިމުންވެލި އެއްއަހަރުދުވަހުގެ މުއްދަތަށް، ބަސްތާތަކަށް ރީޕެކްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

މަސައްކަތުގެ ވެރިފަރާތް:

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

 

ރަޖިސްޓްރީ ކުރާ

ފަރާތްތަކުގައި

ހުންނަންޖެހޭ ޝަރުތުތައް:

 

  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

 

 

ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ލިޔެކިއުން:

  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ކުންފުނީގެ ހިންގާ ޤަވާއިދު
  • ކުންފުނީގެ އަސާސީ ޤަވާއިދު
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
  • ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް

 

 

 

ރަޖިސްޓަރީ ކުރުން:

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 29 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

[email protected]

 

*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3012496

އީމެއިލް: [email protected]

 

25 އޮކްޓޫބަރު 2026
ހޯދާ