މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނަންބަރު (IUL)14-PR/1/2026/97 (29 ސެޕްޓެންބަރު 2026) އިޢުލާންގައި ހިމެނޭ ލޮޓް-2 ބާޠިލުކޮށް، ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި

   މި  އޮފީހަށް ގަންނަން ބޭނުންވާ 2 (ދޭއް) ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2026 ސެޕްޓެންބަރު 29 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/97 އިޢުލާންގެ ލޮޓް-2 އަށް ބީލަން ހުށަހެޅި ފަރާތްތަކުން ހުށަހެޅި އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ފެންނާތީ، މި އިޢުލާނުގައި ހިމެނޭ ލޮޓް-2 ބާޠިލުކޮށް، ލޮޓް-2 ގައި ހިމެނޭ 1 (އެކެއް) ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

   ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތުކަރުދާހުގައިވާ ގޮތުގެ މަތީން، މި ވެހިކަލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2026 ނޮވެންބަރު 04 ވާބުދަދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

   ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 2026 އޮކްޓޫބަރު 28 ވާބުދަދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

24 އޮކްޓޫބަރު 2026
ހޯދާ