ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މަޢުރަޟު 2026

ރަށުގެ ރައްޔިތުންގެ މެދުގައި ކެއްކުމާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރުތައް ތަރައްޤީކޮށް އިތުރުކުރުމާއި، ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދުގައި ގދ. ފަރެސްމާތޮޑާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކާބޯތަކެތީގެ މަޢުރަޟެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަޢުރަޟަކީ ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން، އެއްވެސް ފީއަކާ ނުލައި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މަޢުރަޟެކެވެ. މި މަޢުރަޟު ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ނޮވެމްބަރ 2026 ގައެވެ.

އެގޮތުން، މި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2 ނޮވެންބަރ ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، 'އީފާސް' މެދުވެރިކޮށް ތިރީގައިވާ ލިންކު އަދި ކިއު.އާރު (QR) ކޯޑު ބޭނުންކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ، ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަޢުރަޒާ ގުޅޭ ޤަވާޢިދު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

ލިންކް:  https://faresmaathodaa.gov.mv/services/form-submissions/create/food-festival

ކިއު.އާރު (QR) ކޯޑު:

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2026
ހޯދާ