މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް އޭ.ސީ. ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ބާޠިލުކުރުމާ ގުޅޭ

މި އޮތޯރިޓީއަށް އޭ.ސީ. ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 08 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގައި ޝާއިޢުކުރި ނަންބަރު (IUL)220 AS/1/2026/106 އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެ އިޢުލާނު ބާތިލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ކަރުދާހަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ފަހުގެ ތާރީޚެއްގައި އަލުން އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

22 އޮކްޓޫބަރު 2026
ހޯދާ