ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހއ.މޮޅަދޫ ސިއްޙީމަރުކަޒުގެ ލެބޯޓަރީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ހއ.މޮޅަދޫ ސިއްޙީމަރުކަޒުގެ ލެބޯޓަރީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސިއްޙީމަރުކަޒުގެ ލެބޯރެޓަރީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި އަމިއްލަ ތަކެތީގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

28 އޮކްޓޫބަރު 2026

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށައެޅުން

2 ނޮވެންބަރު 2026

ހޯމަ

13:00

 

ބީލަން ހުށައެޅުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.cloud.microsoft/r/5eUkLGGKpy?origin=lprLink

 

  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަންގެ މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރ ވެލެއްވުމުން މި މަރުކަޒުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.
  4. ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

 

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6500579 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 އޮކްޓޫބަރު 2026
ހޯދާ