މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްލަކުޑި ނީލަން ކިޔުން

                     

ތުޅާދޫ ޞިއްޙީ މަރުކަޒުގެ ކުރިމަތިން ނަގާފައިވާ ފިތުރޯނު ގަސްތަކުގެ ބުޑުތައް ދުވަހު ނީލަމުގައި ވިއްކާލަގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2026 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގައި ފެންޕްލާންޓު ގެއާ ދިމާ ދެކުނު ފަރާތުއަތިރިމަތީ، ގައުކުނޑި އުކާ ސަރަހައްދުގައެވެ. 

 

ވީމާ، މި ގަސްލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ އެގަޑިއަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ

 

 

އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2026 ނޮވެންބަރު 02 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި 2026 ނޮވެންބަރު 04 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ، ވެރިއަކު ނެތް އަދި ބޭނުމެއްނެތި ދޫކޮށްލާފައިވާ ތަކެތިކަމަށްބަލައި، އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރެވޭނެ ވާހަކަ ދެނެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11    ޖުމާދަލްއޫލާ   1448

22    އޮކްޓޯބަރ    2026

               

22 އޮކްޓޫބަރު 2026
ހޯދާ