ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 މަސް ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ދައްކާފައިނުވާ ދަނޑުތައް މަޢުލޫމާތު އާންމުކުރުން

ޢިއުލާން

 

 03 މަސް ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ދައްކާފައިނުވާ ދަނޑުތައް މަޢުލޫމާތު އާންމުކުރުން

 

                ގއ.ނިލަންދޫ ކައުންސިލުން ދަނޑުބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ،  ދަނޑުބިންތަކުގެ ތެރެއިން 2026 ސެޕްޓެމްބަރ މަހުގެ ނިޔަލަށް، 03 މަހަށް ވުރެ ގިނަ ދުވަހަށް ފީ ދައްކާފައިނުވާ ދަނޑުތަކުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރަމެވެ. އަދި މި ދަނޑުތަކުގެ ފީ، 31 އޮކްޓޯބަރ 2026 ގެ ކުރިން މި އިދާރާއަށް ދައްކައި ޚަލާސްކޮށްދިނުމަށް ދަންނަވަމެވެ.

                 ލިސްޓާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.

                 11     ރަބީޢުލްއާޚިރު    1448

                 22      އޮކްޓޯބަރ     2026

22 އޮކްޓޫބަރު 2026
ހޯދާ