އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލުގެ ކުލާސްތަކަށް ބޭނުންވާ ޓީވީ ހޯދުމަށް

އަބޫބަކުރު ސްކޫލުގެ ކުލާސްތަކަށް ބޭނުންވާ ޓީވީ ހޯދުމަށް

މަސައްކަތް

 މި ސްކޫލްގެ ކުލާސް ރޫމްތަކަށް ބޭނުންވާ ޓީވީ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުން

22 އޮކްޓޫބަރު 2026 އިން 28 އޮކްޓޫބަރ 2026 ދެމެދު މި ސްކޫލުގެ އީ. މެއިލް  [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  28 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ ކުރިން

މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842092 ނުވަތަ 6842095 އަށް ގުޅުއްވުން އެދެމެވެ. ނޫނީ ސްކޫލް މެއިލް [email protected])) އަށް ފޮނުއްވައިގެން މަޢުލޫމާތު ސާފުކުރުން އެދެން.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި

އަންދ  އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 02 ނޮވެންބަރު 2026  ވާ ހޯމަ  ދުވަހުގެ 13:30  އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ.

ޝަރުތު

މި މަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.

 

- އިޢުލާން ނަންބަރު

- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން

- ގުޅޭނެ ފޯނު ނަންބަރު

 

ނޯޓު: މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ.

 

 22 އޮކްޓޫބަރު 2026

22 އޮކްޓޫބަރު 2026
ހޯދާ