އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތަހަލި ވީޑިއޯ މުބާރާތް 2026 އާއި ގުޅޭ

3  ނޮވެމްބަރު (ނަޞްރުގެ ދުވަސް) ފާހަގަކުރުމުގެ ގޮތުން، އައްޑޫގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއި އާއްމުންގެ މެދުގައި ޤައުމީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމަށާއި، ފަންނީ ވާދަވެރި މާޙައުލެއްގައި ހުނަރު ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި، މި އިދާރާއިން އިންތިޒާމުކޮށްގެން ޚާއްޞަ ލަވަ ވީޑިއޯ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ މުޅި އައްޑޫ (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ) ސަރުކާރުގެ މުއައްސަސާތަކަށާއި، ކުންފުނިތަކާއި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އާއްމުންނަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ އިން 02 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ.

މި މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިނާމުތައް ތިރީގައި އެވަނީއެވެ.

  • 1 ވަނަ އިނާމު: 10,000 (ދިހަހާސް) ރުފިޔާ
  • 2 ވަނަ އިނާމު: 5,000 (ފަސްހާސް) ރުފިޔާ
  • 3 ވަނަ އިނާމު: 3000 (ތިންހާސް) ރުފިޔާ

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ވީޑިއޯ ތައްޔާރުކުރެއްވުމަށްފަހު، 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުދޫ ކައުންސިލް އިދާރާއަށް ފައިނަލް ވީޑިއޯ [email protected]  ހުށަހަޅުއްވުން އެދެމުވެ. މި މުބާރާތާއި ބެހޭ ޤަވާޢިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ގޫގުލް ފޯމް ލިންކް ފުރިހަމަކުރައްވާ! https://forms.cloud.microsoft/r/pnZt1KpZer

މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6894655 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

22 އޮކްޓޫބަރު 2026
ހޯދާ