ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ވަރކްސްޓޭޝަނާއި ސީ.ޕީ.ޔޫ ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު 

މި އޮފީހަށް ބޭނުންވާ ވަރކްސްޓޭޝަނާއި ސީ.ޕީ.ޔޫ ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހަށް ބޭނުންވާ، 1 (އެކެއް) ވަރކްސްޓޭޝަނާއި 15 (ފަނަރަ) ސީ.ޕީ.ޔޫ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި ވަރކްސްޓޭޝަނާއި ސީ.ޕީ.ޔޫތައް ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މައުލޫމާތު، 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު: 

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ނޮވެންބަރު 2 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

 

11 ޖުމާދަލްއޫލާ 1448

 

22 އޮކްޓޫބަރު 2026
ހޯދާ