ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމާބެހޭ
ތިރީގައި މިދަންނަވާ ތަކެއްޗަކީ މިކައުންސިލުން ނީލަން ކިޔުމަށް ބޭނުންވާ ތަކެއްޗެވެ. މިތަކެތި ނީލަމުން ނެގުމަށް ބޭނުންވާ ފަރާތްތަކުން 06 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކައުންސިލްގެ އިދާރާގެ ގޯތީތެރޭގައި ބާއްވާ ނީލަމުގައި ބައިވެރިވުމަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގި ފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ.
ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
ނީލަމުގައި ބައިވެރިވެވޭނީ 06 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ލިސްޓު
އަދަދު |
ތަކެތީގެ ނަން |
ނީލަން ނަންބަރު |
ތަފުސީލު |
3 |
ދޮރާއި ދޮރުފަތް 30''*''76 ގެ |
01/2016 |
ބާވެ ހަލާކުވެފައި (ކައުންސިލް އިދާރާއިން ބަދަލުކުރި) |
3 |
ދޮރުފަތް |
02/2016 |
ބާވެ ހަލާކުވެފައި (މަސްޖިދުލް އަންޞާރުން ބަދަލުކުރި) |
2 |
ދޮރުފަތް (ފާޚާނާ ދޮރުފަތް) |
03/2016 |
ބާވެ ހަލާކުވެފައި (މަސްޖިދުލް ފުރުޤާނުން ބަދަލުކުރި) |
20 |
ބަނދަރު ބައްތި |
04/2016 |
ލެޑް ލައިޓަށް ބަދަލުކުރުމުން ބާކީހުރި ތަކެތި / ބާވެފައި |
10 |
ތަންމަތި 4 ފޫޓުގެ |
05/2016 |
ހަލާކުވެފައި (ލެޑް ލައިޓަށް ބަދަލުކުރުމުން ބާކީހުރި ތަކެތި) |
1 |
މޭޒު (ވައްބަރިލީ) |
06/2016 |
ހަލާކުވެފައި |
1 |
މޭޒު (ވައްބަރިލީ) |
07/2016 |
ހަލާކުވެފައި |
1 |
މޭޒު (ވައްބަރިލީ) |
08/2016 |
ހަލާކުވެފައި |
1 |
މޭޒު (ވައްބަރިލީ) |
09/2016 |
ހަލާކުވެފައި |
1 |
ބުރިފްކޭސް (ކުޑަ) |
10/2016 |
ހަލާކުވެފައި |
8 |
ބަރޯ ފުރޮޅު |
11/2016 |
ހަލާކުވެފައި |
12 |
ދިވެހިރުއް |
12/2016 |
މަގުހެދުމަށް ކަނޑާލެވުނު (އަމީނީމަގު ހުޅަނގުފަރާތުގެ ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ) |
11 |
ހިރުނދުބުރި 4 ފޫޓުގެ |
13/2016 |
ޖެޓީ ކައިރިން ކަނޑާލެވުނު |
1 |
ސީޕީޔޫ |
14/2016 |
އިޢުލާން ނަންބަރު: IUL417-CA/417/2015/31 ގައިވާ |
6 |
އިމަރޖެންސީ ލައިޓް |
15/2016 |
" |
1 |
ޕްރިންޓަރ |
16/2016 |
" |
1 |
ފާޚާނާތަށި ޓޭންކާއެކު |
17/2016 |
" |
5 |
ލައުޑް ސްޕީކަރ |
18/2016 |
" |
1 |
ފޮޓޯކޮޕީމެޝިން ކެނޮން |
19/2016 |
" |
12 |
ދަގަނޑު ލޫވަރ ފަތިގަނޑު |
20/2016 |
" |
66 |
ލޫވަރ ބިއްލޫރި |
21/2016 |
" |
4 |
އިލެކްޓްރިކް ޕެސްޓް ކިލަރ |
22/2016 |
" |
2 |
މޮނީޓަރ |
23/2016 |
" |
2 |
ކީބޯޑު |
24/2016 |
" |
1 |
މައުސް |
25/2016 |
" |
1 |
ފެކްސް މެޝިން (ޕެނަސޮނިކް) |
26/2016 |
" |
8 |
ފަންކާ އުޝާ ބުރޭންޑް 1200ގެ |
27/2016 |
" |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޖުމާދަލްއޫލާ 1437