މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ލ.އިސްދޫ ޕަބްލިކް ވަރކްސް ޔުނިޓްގެ ވާރކްސޮޕާއި ވެހިކަލް ގަރާޖް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މިނިސްޓްރީގެ ލ.އިސްދޫ ޕަބްލިކް ވަރކްސް ޔުނިޓްގެ ވާރކްޝޮޕާއި ވެހިކަލް ގަރާޖް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު1200 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 02 ނޮވެމްބަރު 2026 ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
- ދަރުބާރުގެ، އަމީނީ މަގު
- މާލެ، 20344
- އީމެއިލް: [email protected]
22 އޮކްޓޫބަރު 2026
ހޯދާ
