ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

2016 ވަނަ އަހަރު މިމަރުކަޒުގެ އެލް ކޭޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު GS17/2016/001 އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ޖުމާދަލްއޫލާ 1437

24 ފެބުރުވަރީ 2016
ހޯދާ