ދިވެހިރާއްޖެ
އިޢުލާން
ކަށިކެޔޮ ދަނޑު ކުއްޔައްދޫކުރުމާގުޅޭ:
މިރަށު ވަލުގައި ހުރި ކަށިކެޔޮ ގަސްތައް އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތަކަށް 03 އަހަރުގެ މުއްދަތަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމާގުޅިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ފޯމް ހުށަހެޅުއްވުން އެދެމެވެ. މި ބިޑް ފޯމް ކައުންސިލް އިދާރާގެ ކައުންޓަރ އިން ލިބެންހުންނާނެއެވެ. އަދި ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި -/500 ގެންނެވުން އެދެމެވެ. ކަށިކެޔޮ ދަނޑު ކުއްޔަށް ދޫކުރާ ސަރަހައްދު އެނގޭނެ ޗާޓް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
11 جمادى الأولى 1448
22 އޮކްޓޯބަރ 2026
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
