މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި ހުޅުދުއްފާރުގެ ރައްޔިތުންނަށް ދޭ ޢުމްރާ ދަތުރާއި ގުޅޭ

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި ހުޅުދުއްފާރުގެ ރައްޔިތުންގެ ތެރެއިން 3 މީހަކު ޢުމްރާއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިފުރުޞަތު ދެވިގެންދާނީ ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ 3 ބޭފުޅުންނަށެވެ.

  1. އުމުރުން 30 އަހަރުވެފައިވުން.
  2. ހުޅުދުއްފާރުގެ ރަށްވެއްސަކަށްވުން.
  3. މީގެ ކުރިން ފަރުޟު ޙައްޖެއް ނުވަތަ ޢުމްރާއެއް އަދާކޮށްފައިވާ މީހަކަށް ނުވުން.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ. 3 މީހުންނަށްވުރެ އިތުރަށް ޝަރުޠު ހަމަވާ މީހުން ކުރިމަތިލާފައިވާނަމަ ފުރުޞަތު ދެވޭ މީހުން ހޮވާނީ ގުރުއަތުންނެވެ.

22 އޮކްޓޫބަރު 2026
ހޯދާ