ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ވެލްފެއަރ ބެނެފިޓްސް

                                                          

އިޢުލާނު

މަޤާމު:

ޑިރެކްޓަރ، ވެލްފެއަރ ބެނެފިޓްސް

މަޤާމުގެ ނަންބަރު:

J-429393

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ސެކްޝަން

މަސައްކަތު ގަޑި

8:00 އިން 14:00 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 16865.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 9660.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/260 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތައް (ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހއްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް) ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  2. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ދިނުމާއި ގުޅޭ ކޮމިޓީ އަދި ތެރަޕީގެ އެހީ ދިނުމާއިގުޅޭ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  4. ތެލެސީމިއާ ބަލިތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދެވޭ މާލީ އެހީ ޕްރޮގްރާމް އާ ގުޅޭ އެޕްލިކޭޝަންތައް މަހުން މަހަށް ޕްރޮސެސް ކުރެވި، މާލީ އެހީ ޖަމާވާކަން ކަށަވަރު ކުރުމާ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  5. އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ޕްރޮގްރާމް ސެކްޝަންގެ ފަރާތުން ވިލަރެސްކުރުމާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި އެޖެންސީއިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސް ތަކާއި ރިޕޯރޓުތައް ތައްޔާރުކުރުން.
  6. އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ހުރިހާ ޕްރޮގްރާމްތަކާދެވޭ މާލީ އެހީގެ ޕްރޮގްރާމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިއްސާކުރެވޭކަން ކަށަވަރުކުރުން.
  7. މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ އެންމެހައި ޕްރޮގްރާމްތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި، ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންވާ ފަންނީ ލަފާ ޕޮލިސީ ސެކްޝަނަށް ދިނުމާއި އަދި ސިޔާސަތުތަކާއި ގަވާއިދުތައް ކަނޑައެޅުމުގައި ޕޮލިސީ ސެކްޝަނާ އެއްކޮށް މަސައްކަތްކޮށް ގެންނަންޖެހޭ ބަދަލުތައް ރިވިއުކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  8. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާ މެދު ކޮމިޓީން ނިންމާ ނިންމުންތައް ޑޭޓާ ބޭސްއިން ދުވަހުން ދުވަހަށް އަދާހަމަކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެކަމަށް ބޭނުންވާ އިރުޝާދު މުވައްޒަފުންނަށްދީ އެކަން ކުރެވޭކަން ޔަޤީންކުރުން.
  9. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމަށް ބޭނުންކުރާ ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ޑޭޓާބޭސް އަށް ގެނައުމަށްޓަކައި ސީ.އީ.އޯ ގެ ލަފާގެ މަތިން ސޮފްޓެވެއަރ ޑިވެލޮޕަރ އަށް އިރުޝާދުދީ އެބަދަލުތައް ގެނެވޭކަން ކަށަވަރުކުރުން.
  10. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކުގެ ގަވާއިދާއި ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ލަފައާއި އިރުޝާދު ސޮފްޓްވެއަރ ޑިވެލޮޕަރ އަށްދީ އެކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
  11. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދޭ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެކަން ހައްލުކުރުމުގެ ގޮތުން ސީ.އީ.އޯ އަށް ބޭނުންވާ ފަންނީ ލަފާ އެރުވުން.
  12. މުވައްޒަފު އައްޔަނުކުރެވޭ ކޮމިޓީތަކުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
  13. މިޖެންސީގެ ޕްރޮގްރާމް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.
  14. ވަގުތީ ފޮސްޓަރިންގގެ ދަށުން ފޮސްޓަރކޮށްދޭ ފަރާތްތަކަށް އެލަވަންސް ޖަމާކޮށްދިނުމަށްޓަކައި މިނިސްޓްރީ އިން ހިއްސާކުރައްވާ ލިސްޓު މަހުން މަހަށް ޖަމާކުރަމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބެހެލެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ 
  2. އެޑްމިނިސްޓްރޭޝަން 
  3. އެޕްލައިޑް ޕޮޒިޓިވް ސައިކޮލޮޖީ 
  4. އެޕްލައިޑް ސައިކޮލޮޖީ 
  5. އެޕްލައިޑް ސައިންސް ސައިކޮލިޖީ 
  6. އެޕްލައިޑް ސޯޝިއޮލޮޖީ 
  7. ބިޒްނަސް 
  8. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  9. ބިޒްނަސް މެނޭޖްމަންޓް 
  10. ކައުންސެލިންގ 
  11. ކައުންސެލިންގ ސައިކޮލޮޖީ 
  12. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  13. އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން 
  14. ފައިނޭންސް 
  15. ޖެންޑަރ ސްޓަޑީޒް 
  16. އިންޝުއަރަންސް އެންޑް ޕެންޝަން މެނޭޖްމަންޓް 
  17. މެނޭޖްމަންޓް 
  18. ޕްރައިމަރީ ހެލްތް ކެއަރ 
  19. ސައިކޮލޮޖިކަލް ކައުންސެލިންގ 
  20. ސައިކޮލޮޖީ 
  21. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  22. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  23. ޕަބްލިކް މެނޭޖްމަންޓް 
  24. ރީހެބިލިޓޭޝަން ސައިންސް 
  25. ސޯޝަލް ޕޮލިސީ 
  26. ސޯޝަލް ސަރވިސަސް 
  27. ސޯޝަލް ވޯރކް 
  28. ސޯޝިއޮލޮޖީ 
  29. ސްޕެޝަލް އެޑިޔުކޭޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  1. އިޖުތިމާޢީ ޚިދުމަތްތަކާގުޅޭ މަސައްކަތްތަކުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހު ގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން ހިމެނުމަށް ދެންނެވީމެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2026 ނޮވެންބަރު 03 އާއި 2026 ނޮވެންބަރު 30 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)،ކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  

21 އޮކްޓޫބަރު 2026
ހޯދާ