މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މާރކެޓިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

އެސިސްޓެންޓް މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް އަދި އެހެނިހެން އިނާޔަތް:

  1. މުސާރަ: މަހަކު -/5700 ރުފިޔާ ( ފަސް ހާސް ހަތްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2600 ރުފިޔާ (ދެހާސް ހަސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  5. ހެލްތު އިންޝުއަރެންސް އަދި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން އިނާޔާތްތައް ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ސޭލްސް، މާކެޓިންގ އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ދިވެހި އަދި އިނގިރޭސިން ފާސްވެފައިވުން އަދި ކުރެވޭ އިންޓަވިއުއިން ފާސްވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް

ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން
  • މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ކަނޑައެޅޭ ޓާގެޓަށް މަސައްކަތްތައް ނިންމުމަށް އިސްކަންދޭ ފަރާތަކަށްވުން
  • މާރކެޓިންގގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރަންޖެހޭ ރަސްމީ ދަތުރުތަކަށް ވަގުތު ދެވޭނެ ފަރާތަކަށްވުން.

 

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބު

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) 
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގައިދޭ ލިޔުން (މަޤާމުގެ މަސައްކަތާ ގުޅޭ)

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ފުރުޞަތު ދެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަކޮށްފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާނަމަ ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
21 އޮކްޓޫބަރު 2026
ހޯދާ