ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ، ޤުރުއާން) ޕައިލެޓް އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރުމުގެ މަސައްކަތަށް އެގްޒަމިނަރުން ހޯދުން

2026 ވަނަ އަހަރުގެ ސާނަވީ ( އެސް. އެސް.ސީ ، ޤުރުއާން ) ޕައިލެޓް އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރުމުގެ  މަސައްކަތަށް އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

   މާއްދާ  

ބޭނުންވާ އަދަދު

  އެގްޒަމިނަރުން

ޤުރުއާން

06 

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ:

13 ޑިސެމްބަރ 2026 އިން 31  ޑިސެމްބަރ 2026 އަށް (08:30 އިން 18:00 އަށް)

އުޖޫރަ:

  1. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  2.  މަސްއޫލިއްޔަތު އެލަވަންސް: 5,000.00 (ފަސްހާސް) ރުފިޔާ

ޝަރުޠު:

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1.  މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.  
  2. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން.
  3. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން .
  4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.

މަސްޢޫލިއްޔަތު:

1. 2026 ވަނަ އަހަރު ނޮވެމްބަރ މަހު ބާއްވާ ސާނަވީ ޤުރުއާން އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒަމިނަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

2 އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުން

3. ޗީފް އެގްޒަމިނަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މާއްދާ ރިޕޯޓް

( ސަބްޖެކްޓް ރިޕޯޓް ) ނިންމުން

 

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

1. ތަޢުލީމީ ފެންވަރު     % 50
2. ކިޔަވައިދިނުމުގެ ތަޖުރިބާ % 10

3. އިންޓަވިއު         % 40

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

އެގްޒަމިނަރުންގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  3. ވަނަވަރު
  4.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

2 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
  • https://forms.gle/8qh6uvmWiET22cpNA
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
21 އޮކްޓޫބަރު 2026
ހޯދާ