ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/215

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ފްލީޓް އޮޕަރޭޝަންސް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          ދުވަހުން ދުވަހަށް ތެޔޮ ބޭނުންކުރެވޭ މިންވަރު އަންގައިދޭ ރަނިންގ ޝީޓްތަކާއި، ލޮގްތަކާއި، ގުޅުންހުރި އެންމެހައި ރެކޯޑުތައް ފުރިހަމަކަމާއި ޞައްޙަކަމާއެކު ވަގުތުން ސިސްޓަމަށް އެޅުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          އެސް.އޭ.ޕީ. (SAP) ސިސްޓަމްގައި މުޢާމަލާތްތަކާ ގުޅޭ ހުރިހާ އެންޓްރީތައް ފުރިހަމަކޮށް، ރެކޯޑުތައް ސައްހަތޯ ބަލައި ކަށަވަރުކުރުން.

-          ޓްރެކަރު މެދުވެރިކޮށް އުޅަނދުފަހަރުގެ ދަތުރުފަތުރު މޮނިޓަރކޮށް، ދަތުރުތަކަށް ދިމާވާ ލަސްތަކާއި، އާދަޔާ ހިލާފު ހަރަކާތްތަކާއި އޮޕަރޭޝަނަލް މައްސަލަތައް ސުޕަވައިޒަރުންނަށް ރިޕޯޓްކުރުން.

-          ތެލުގެ ރެކޯޑުތައް ޗެކްކޮށް، ފަރަގުތަކާއި އާދަޔާ ހިލާފަށް ތެޔޮ ހޭދަވާ ކަންކަން ފާހަގަކޮށް، އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ސުޕަވައިޒަރުންނާ ގުޅިގެން މަސައްކަތްކުރުން.

-          މަހުން މަހަށް ތައްޔާރުކުރަންޖެހޭ އޮޕަރޭޝަނަލް ރިޕޯޓްތައް ތައްޔާރުކުރުން.

-          އުޅަނދުފަހަރާއި ބައުޒަރުގެ އޮޕަރޭޝަންތައް ހިންގުމުގައި ސުޕަވައިޒަރުންނަށް އެހީތެރިވުން.

ޝަރުތުތައް:

-          ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން.

-          މައިކްރޯސޮފްޓް  އެކްސެލް  އަދި  ވާރޑް  ފަރިތަކަމާއެކު  ބޭނުން   ކުރަން  އެނގު

މަހު މުސާރަ:

11,000ރ އާއި 12,000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް 

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން26  އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

21  އޮކްޓޯބަރ 2026

21 އޮކްޓޫބަރު 2026
ހޯދާ