ދިވެހިރާއްޖެ
މިކޮމެޓީން އިސްނަގައިގެން މިރަށުގެ އަންހެން/ފިރިހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އަތްތެރި މަސައްކަތުގެ ކޯހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގައި ދަސްކޮއްދޭނީ ފަނުންނާއި އިލައިން ކުރާ މަސައްކަތެވެ. މިކަމަށް ބޭނުންވާ ތަކެތި ހޯދާނީ އެބައިވެރިއެއް އަމިއްލަ އަށެވެ. މި ކޯހަކީ ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ނޮވެމްބަރ 2026 އިން 10 ނޮވެމްބަރ 2026 (7 ދުވަހުގެ) މުއްދަތަށެވެ. މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން 7844702 އަދި 9503235 މި ދެ ނަންބަރު އަށް ގުޅައިގެން ނުވަތަ މެސެޖް ކޮއްގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢްލާންކުރަމެވެ.
