ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ.
98 އިންޗީގެ އިންޓަރެކްޓިވް ސްމާޓް ޕެނަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކަމަށް މީގެ ކުރިން ކުރި ނަންބަރު (IUL)28-FA-1/1/2026/328 އިޢުލާނައި ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވާތީ އެ އަންދާސީހިސާބުތައް ބާޠިލްކުރުމަށްފަހު، މިކަމަށް އަލުން އިޢުލާންކުރީމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 29 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- މެސެޖުކުރެއްވުމަށް: 9772601
