މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ސްކޫލް
ދިވެހިރާއްޖެ
ފުޅަދޫ ސްކޫލުގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުޅަދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

ފުޅަދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން  2026 އޮކްޓޫބަރު 21 އިން 2026 އޮކްޓޫބަރު 27 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރެޖިސްޓްރޭޝަން ފޯމް" ގެ ލިންކު:  https://forms.gle/cyoxD1mMKAqG1veb6 

މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮކްޓޫބަރު 27 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 11:00 ގައި ފުޅަދޫ ސްކޫލުގައެވެ.

މި ބީލަމާއި ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުޅަދޫ ސްކޫލް

ފޯން:6600013 / 7951506

އީ-މެއިލް: [email protected]

 

21 އޮކްޓޫބަރު 2026
ހޯދާ