ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު

އިޢުލާން

ކޮންސަލްޓެންސީގެ ފުރުޞަތު

މަޤާމު

ލޯކަލް ކޮންސަލްޓެންޓް (ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުމަށް) 

މަސައްކަތުގެ އަގު

"ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައިވާ މަސައްކަތްތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ކުރިމަތިލާ ފަރާތުން އަގު ހުށަހެޅުމަށް. ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އިން ލިބެން ހުންނާނެއެވެ.  

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

  1. ކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ ޑޮކްޓްރޭޓް ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން. އެކި ކަހަލަ އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނަށް ފަރުވާ ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކުރުމުގެ ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. އެންމެ މުހިންމު މަސައްކަތްތައް ފާހަގަކޮށް މަސައްކަތްތައް ތަރުތީބުން ކުރުމުގެ ހުނަރު ހުރުން.
  5. މަސައްކަތްކުރުމުގައި ވަކި ލަނޑުދަނޑިތަކަކާއި ޓައިމްލައިންތައް ކަނޑައަޅައިގެން ކަނޑައަޅާ ވަގުތަށް މަސައްކަތް ނިންމުމުގެ ޤާބިލުކަން ހުރުން.
  6. މަސައްކަތްކުރުމުގައި ބައްދަލުކުރަންޖެހޭ ތަފާތު ފަންނުތަކުގެ މީހުންނާ ބައްދަލުކޮށް އެންމެ އެކަށީގެންވާގޮތަށް މުޢާމަލާތްކޮށް މަސައްކަތްކުރަން އެނގުމާއެކު މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަން އެނގުން.
  7. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ ވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެންގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެކި މުޢައްސަސާތަކާ ގުޅިގެންނާއި، ކައުންސެލިންގ ނުވަތަ ސައިކޯތެރަޕީ ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާގެ މަތިން އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ ފަރާތްތައް އިޞްލާޙުކުރުމަށް ހިންގާ ފަރުވާގެ ޕްރޮގްރާމްތަކަށް ރިޢާޔަތް ކުރުމަށްފަހު ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކަމާބެހޭ މުއައްސަސާތަކުން ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންނާއެކު މަސައްކަތްކުރުމުގައި ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުން.

ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓީ.އޯ.އާރ.ގައި ބަޔާން ކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގު ހިމެނޭގޮތަށް) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ކުރިމަތިލާ ފަރާތުގެ/ފަރާތްތަކުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތަކުގެ ކޮޕީ

މި މަސައްކަތް ކޮށްދިނުމަށް އެދިލައްވަޑައިގަންނަވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 15 މާރިޗު 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް [email protected] އަށް ބަޔާންކުރެވިފައިވާ ސުންގަޑީގެ ކުރިން ފޮނުވާ އީމެއިލް ބަލައިގަނެވޭނެއެވެ.

ނޯޓު:

- މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މިކޮންސަލްޓޭޝަނަކީ ކޮންޓްރެކްޓް އުސޫލުން 10 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

- ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551، ފެކްސް: 3010552

އީމެއިލް: [email protected]

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ