ދިވެހިރާއްޖެ
އިޢުލާން
މ. ވޭވަށު މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއާއި، ޢިމާރާތުގެ އުތުރުން އޮންނަ މަގުގައި ފެންބޮޑުވާ ސަރަޙައްދުތަކަށް އެޅުމަށް ޓަކައި 350 ގޯނި އަކިރިވެލި ގެނެސްދީ، އެ ތަންތަނަށް އަޅައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ކޯޓުގެ ގޯތިތެރެއާއި، ޢިމާރާތުގެ އުތުރުން އޮންނަ މަގުގައި ފެންބޮޑުވާ ސަރަޙައްދުތަކަށް އެޅުމަށް ޓަކައި 350 (ތިން ސަތޭކަ ފަންސާސް) ގޯނި އަކިރިވެލި ގެނެސްދީ، އެ ތަންތަނަށް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި އަންދާސީހިސާބު ހުށަހަޅާ ފޯމު، މި އިޢުލާނާ އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ވެސް އެ ލިޔުންތައް ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހުގައިވާ އިރުޝާދާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން މި ކޯޓުގެ ކައުންޓަރުން ނުވަތަ 6721506 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 27 އޮކްޓޫބަރު 2026ވަނަ ދުވަހުގެ 11:00ގެ ކުރިން އަންދާސީހިސާބު ހުށަހަޅާ ފޯމާއި ބޭނުންވާ އެނޫން ވެސް ލިޔެކިޔުންތަކާ އެކު، މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅު ވާ ނަމަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
