ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް   އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ސެކްޝަން/ ޔުނިޓް: އައި. ސީ. ޓީ ޔުނިޓް

މުސާރަ:

-/5610 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް   މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އަސާސީ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުގެ އައިސީޓި ހާޑްވެއަރއާއި ސޮފްޓްވެއަރ ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ ނެޓްވަރކް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ ފޯނު ސިސްޓަމް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ބޭނުންވާ އައިސީޓީ ކަންކަން މަގުފަހިކޮށް ދިނުމާއި ފަންނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  • މި ޑިޕާޓްމަންޓުގެ މުވައްޒަފުން އައިސީޓިއަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ދަތިނުވާނެހެން އިންފޮރމޭޝަން ޕޯޓަލްތަކާއި އީމެއިލްއާއި އަދި އެހެނިހެން ނިޒާމުތައް ބެލެހެއްޓުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ސެކްޝަން: ފައިނޭންސް މެނެޖްމެންޓް ސެކްޝަން

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

  1. ފައިނޭންސް/މެނެޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފައިނޭންސް/މެނެޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި މިޑިޕާޓްމަންޓުގައި ފައިސާގެ މުޢާމަލާތް ކުރުމަށް ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ސެޕްސިސްޓަމް ބެލެހެއްޓުން.
  • އޮފީހުން ކުރަންޖެހޭ ޚަރަދު ކުރުމަށް ހުއްދަ ދިނުމާއި ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޚަރަދު ކުރުމަށް ދޫކުރި ހުއްދަތައް މޮނީޓަރ ކުރުމާއި ޚަރަދު ކުރޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުން.
  • ޚަރަދުކުރުމަށް ދެވޭ ހުއްދައިގެ ދަށުން ބިލުތައް ލިބެންޖެހޭ ފަރާތްތަކުގެ ބިލުތައް ލިބޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުން.
  • ލިބޭ ބިލުތަކަށް ފައިސާ ދެއްކުން.
  • ފައިސާ ދައްކަން ފޮނުވާ ބިލުތައް ނިމޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން.
  • ބިލުތައް ޕޯސްޓްކުރުމަށްފަހު އަދި ކުލިއަރ ވުމުން ކަމާ ގުޅޭ ސެކްޝަންތަކަށް އެކަން އެންގުން.
  • އޮފީހުގައި ޚަރަދު ކުރެވޭ ދާއިރާތައް ދެނެގަތުމާއި ޚަރަދުގެ ތަފާސްހިސާބު ބަލެހެއްޓުމާއި ޚަރަދުގެ ނިސްބަތް ވަޒަން ކޮށް އަންދާޒާކުރުން.
  • ބަޖެޓް އަންދާޒާކޮށް ރޭވުމާއި ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަށްތައް ކުރުން.
  • އިމްތިޙާނުތަކާ ގުޅޭގޮތުން އިމްތިޙާން ސެންޓަރުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ސެކްޝަން: ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނެޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނެޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުގެ ޔައުމިއްޔާ ލިޔުން
  • އަހަރު ރިޕޯޓު ތައްޔާރު ކުރުން
  • އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުމާއި ރިކޯޑު ބެލެހެއްޓުން
  • މުވައްޒަފުންނަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، ބައްދަލުވުންތައް ކުރިއަށްގެންދިއުން
  • އޮފީހުން ނައްތާލަންޖެހޭ ލިޔެކިޔުންތައް ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން
  • ނީލަން ކިޔަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުން
  • އެހެނިހެން އޮފީސްތަކަށް ސިޓީ/ނޯޓު ތައްޔާރުކޮށް ފޮނުވުން

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

ސެކްޝަން: ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

-/3100 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އަސާސީ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓްގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިމްތިޙާނުތަކާ ގުޅިގެން ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރު ކުރުން

  - އިންޓަރވިއުކޮށްގެން

 

އިންޓަރވިއު ކުރުން: މި މަގާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)  

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް ނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން

ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން

ބ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ދެފުށުގައިވާ ލިޔުންތައް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު: (ސީ.ވީ) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން

ނޯޓު: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ޑިޕާޓްމަންޓްގެ ނަންބަރު 3009339 ފޯނާއެވެ.

14 ޖުމާދަލްއޫލާ 1437

 

23 ފެބުރުވަރީ 2016
ހޯދާ