|
މަޤާމު:
|
ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ބާވަތް:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓުން
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބަންޑާރަނައިބުގެ އޮފީސް/ މާލެ
|
|
އަސާސީ މުސާރަ:
|
-/8،520 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
-/2،560 ރުފިޔާ
|
|
ހާޒިރީ އެލަވަންސް:
|
-/70 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
މަޤާމުގެ ޝަރުތުތައް:
|
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓެފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޢާއްމު އިދާރީ ފޯންލައިނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުން، ފޯން މެސެޖްތައް ނެގުމާއި މެސެޖްތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ވަގުތުން ރައްދުކުރުން.
- އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުމާއި، މައި އެންޓްރީ އާއި ޑިސްޕެޗްގެ މަސައްކަތްތައް ކުރުން. (އޮފީހަށް ލިބޭ ތަކެތި ބަލައިގަތުމާއި، އެންޓްރީކޮށް ސެކްޝަންތަކާ ޙަވާލުކުރުމާއި، އެންޓްރީކުރެވޭ ތަކެތި ސްކޭންކޮށް ސިސްޓަމަށް އަޕްލޯޑްކުރުމުގެ މަސައްކަތް ގަވައިދުން ހިންގާ ބެލެހެއްޓުން)
- އޮފީހުގެ ރިސެޕްޝަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ހޯދުމަށް އެދި އަންނަ ފަރާތްތަކަށް ޚިދުމަތްދިނުން ނުވަތަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެކި ފަރާތްތަކާ ބައްދަލުކުރަން އަންނަ ފަރާތްތަކަށް އެކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ޤާނޫނުއަސާސީއާއި ވަކިވަކި ޤާނޫނުތަކާއި ގަވާއިދުތައް ހޯދުމަށް އަންނަ ފަރާތްތަކަށް ގަންނަންލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- އޮފީހުގެ އިންފޮރމޭޝަން އޮފިސަރުންންގެ މަސައްކަތުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. އަދި އޮފީހުން އަންގާ ގޮތެއްގެ މަތިން އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.
- މިނޫންވެސް އޮފީހުން ކަނޑައަޅައި ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީ.
- އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
- ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
- ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
- ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
- ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛
7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މަޤާމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި، އީ-މެއިލްއާއެކު އެޓޭޗްކޮށްފައެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއުއަށް ކިޔުން
|
- މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަނުކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
- އިންޓަރވިއު ބޭއްވޭނީ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.
- 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް https://agoffice.gov.mv/dv/publications?category=26 އިން ލިބެން ހުންނާނެއެވެ.
|
| |